އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނުގެ ވެރިރަށް ތެހެރާނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކެއްގައި އަންހެން ކުދިން ކިޔަވާ ސްކޫލަކަށް މިސައިލް އަމާޒުވެ، ދަރިވަރުންތަކެއްގެ ފުރާނަ ގެއްލިއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތެހެރާނަށް ދިން ވައިގެ ހަމަލާތަކުގެ ތެރެއިން މިސައިލެއް ވަނީ އަންހެން ކުދިންނަށް ޚާއްޞަ ސްކޫލަކަށް ވެއްޓިފައެވެ. މި ހިތާމަވެރި ހާދިސާގައި ފަސް ދަރިވަރަކު ޝަހީދުވެފައިވާކަން އީރާނު ސަރުކާރުގެ ރަސްމީ މީޑިއާ (އިރްނާ) އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި ހަމަލާތަކުގެ ބޮޑު ބައެއް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދާދި ދެންމެއަކު ނެރުއްވި ބަޔާނެއްގައި ވަނީ، އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ފަށާފައިވާކަން ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ. އެމެރިކާ އާއި އިސްރާއީލުން ބުނާ ގޮތުގައި، އެ ފަރާތްތަކުގެ މައިގަނޑު އަމާޒަކީ އީރާނުގެ އަސްކަރީ މަރުކަޒުތަކާއި ގައުމުގެ ލީޑަރުން ދިރިއުޅުއްވާ ތަންތަނެވެ. ނަމަވެސް މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި މުޅިން ސާފުވެފައި ނުވާއިރު، ޝަހީދުވި މީހުންގެ ޖުމްލަ އަދަދު އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ