ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު މިއަހަރުގެ އޮކްޓޫބަރުގައި ބާއްވަން ނިންމައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު މިއަހަރުގެ އޮކްޓޫބަރުގައި ބާއްވަން ނިންމައިފި

Author
ޙަސަން މުޙައްމަދު
27 ފެބްރުއަރީ 2026 05:27
0

ދިވެހި ފަންނުވެރިންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށްވާ ”ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު“ މިއަހަރުގެ އޮކްޓޫބަރު މަހު ބޭއްވުމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހާމަކޮށްފައިވާ ގޮތުގައި، ގައުމީ ފެންވަރުގައި ބާއްވާ މި މައުރަޒު ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ކުރިއަށް އޮތް މާރިޗު މަހުގެ ތެރޭގައި ރަސްމީކޮށް ފުރުޞަތު ހުޅުވާލެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި، ދިވެހި އުފެއްދުންތަކަށް ފަހި ބާޒާރެއް ހޯދައިދިނުމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން އިންތިޒާމު ކުރެވޭ ހަރަކާތެކެވެ. މި މައުރަޒުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ ތަފާތު ދާއިރާތަކުގެ އުފެއްދުންތެރިކަން އިތުރުވެ، ދިވެހި މަސައްކަތްތެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ފުޅާ ދާއިރާއެއްގައި ފުރުޞަތު ލިބިގެންދާނެއެވެ.

މި މައުރަޒު ވެގެންދާނީ ދިވެހި ފަންނުވެރިންނާއި މަސައްކަތްތެރިންގެ ހުނަރުތައް އެއް ފުރާޅެއްގެ ދަށުން ފެނި، އެ ފަރާތްތަކުގެ މަސައްކަތްތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް އެޅިގެންދާ މުހިންމު ފާލަމަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.