މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކުޅުދުއްފުށިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކުޅުދުއްފުށިން ދެ މީހަކު ހައްޔަރުކޮށްފި

Author
އައިޝަތު އަޙްމަދު
24 ފެބްރުއަރީ 2026 11:22
0

މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ސިޓީން ދެ މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ، ނަޞްރު، ޢުމުރުން 47 އަހަރުގެ މުޙައްމަދު ޝާކިރު އާއި ހދ. ކުޅުދުއްފުށި، މޫންރީފް، ޢުމުރުން 38 އަހަރުގެ މުޙައްމަދު އިބްރާހީމްއެވެ. މި ދެމީހުން ހުއްޓުވައި ހަށިގަނޑު ބަލައިފާސްކުރިއިރު، މުޙައްމަދު އިބްރާހީމްގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓު ފެނިފައިވާއިރު، މުޙައްމަދު ޝާކިރުގެ އަތުންވެސް ވަނީ އެފަދަ ޕެކެޓެއް ފެނިފައެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އިބްރާހީމް 7 ދުވަހަށް އަދި މުޙައްމަދު ޝާކިރު 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިހާރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.