ސައުދީ ރަސްގެފާނުގެ ހާއްސަ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ރަސްމީކޮށް ފަށައިފި

ސައުދީ ރަސްގެފާނުގެ ހާއްސަ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ރަސްމީކޮށް ފަށައިފި

Author
އަހުމަދު
22 ފެބްރުއަރީ 2026 12:36
0

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ރާއްޖޭގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ޕްރޮގްރާމް، އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތުގައި ސައުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލްޤަހްޠާނީ އާއި ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަތީ ފަންތީގެ ވަފުދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން، މި ރޯދަ މަހުގެ ކޮންމެ ދުވަހަކުވެސް 150 މީހުންނަށް ރޯދަވީއްލުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ. ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދޭ މުހިންމު ހަރަކާތެކެވެ. އަދި މިއީ ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖޭގައި ސިލްސިލާކޮށް ހިންގަމުން އަންނަ ދީނީ އަދި އިޖުތިމާއީ ބޮޑު ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމުގެ ގޮތުން ބޭއްވި ފުރަތަމަ ރޯދަ ވީއްލުމުގައި ބައިވެރިވުމަށް އިސްލާމީ މަރުކަޒަށް ގިނަ އަދަދެއްގެ އާންމުން ވަނީ ޖަމާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.