ރަސްގެފާނު ޗާލްސްގެ ކޮއްކޮ، ކުރީގެ ޕޮރިންސް އެންޑްރޫ، އުފަންދުވަހު ހައްޔަރުކޮށްފި

ރަސްގެފާނު ޗާލްސްގެ ކޮއްކޮ، ކުރީގެ ޕޮރިންސް އެންޑްރޫ، އުފަންދުވަހު ހައްޔަރުކޮށްފި

Author
އަހުމަދު
19 ފެބްރުއަރީ 2026 05:37
0

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ ކޮއްކޮ، އެންޑްރޫ މައުންޓްބެޓެން ވިންސާ އޭނާގެ 66 ވަނަ އުފަންދުވަހު މިއަދު ހައްޔަރުކޮށްފިއެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެންޑްރޫ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މިކަމާ ގުޅިގެން ފުލުހުން ދަނީ އޭނާ ދިރިއުޅުއްވާ ދެ ގެއެއް ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެންޑްރޫގެ މައްޗަށް ފުލުހުން ކުރަނީ ދައުލަތުގެ ޒިންމާދާރު މަގާމެއްގައި ހުރެ، މަގާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތެވެ.

ޝާހީ އާއިލާގެ އަމީރެއްގެ ގޮތުގައި ހުރި އެންޑްރޫގެ ލަގަބުތައް މީގެ ކުރިން އަތުލާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވިކަން ފަޅާއެރުމާ ގުޅިގެންނެވެ. ކުޑަކުދިންގެ ވަގުފާރިކޮށް، ނުފޫޒުގަދަ ފަރާތްތަކާ ގުޅުން އޮތް އެޕްސްޓީން ވަނީ 2019 ވަނަ އަހަރު ޖަލުގައި ހުއްޓާ އަމިއްލައަށް މަރުވެފައެވެ.

އެޕްސްޓީންގެ މަރަށްފަހު ވެސް، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން އާންމުކުރަމުންދާ ލިޔެކިޔުންތަކާއި ފޮޓޯތަކުން އެންޑްރޫއާއި އެޕްސްޓީންއާ އޮތް ގުޅުމުގެ އިތުރު ހަގީގަތްތައް ދަނީ ހާމަވަމުންނެވެ. މީގެ ތެރޭގައި އެޕްސްޓީންގެ ރަށުގައި ހިންގާފައިވާ ޖަރީމާތަކާ ގުޅުންހުރި މައުލޫމާތުތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.