ރައީސް ޔާމީންގެ ބޭބޭފުޅު އަދި ރައީސް މައުމޫނުގެ ކޮއްކޯފުޅު މަމްނޫން އަބްދުލްގައްޔޫމް އަވަހާރަވެއްޖެ

ރައީސް ޔާމީންގެ ބޭބޭފުޅު އަދި ރައީސް މައުމޫނުގެ ކޮއްކޯފުޅު މަމްނޫން އަބްދުލްގައްޔޫމް އަވަހާރަވެއްޖެ

Author
ޙަސަން މުޙައްމަދު
19 ފެބްރުއަރީ 2026 01:23
0

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު، މަމްނޫން އަބްދުލްގައްޔޫމް ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަމްނޫން އަވަހާރަވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ. މަމްނޫނަކީ ރައީސް މައުމޫނާއި ރައީސް ޔާމީންގެ އެއްބަފާ ކޮއްކޯފުޅެކެވެ.

މާލެ ސިޓީ ކައުންސިލްގެ ކަށުނަމާދު ޕޭޖުގައި ހާމަކޮށްފައިވާ ގޮތުން، މަރްޙޫމްގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭގެ ތަރާވީޙް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.