އެއް ލައްކަ ރުފިޔާގެ "ކްރިއޭޓާ ބަންޑަލް" އަކާއެކު އުރީދޫގެ ކަރާ ގޭމު އަލުން ތައާރަފުކޮށްފި

އެއް ލައްކަ ރުފިޔާގެ "ކްރިއޭޓާ ބަންޑަލް" އަކާއެކު އުރީދޫގެ ކަރާ ގޭމު އަލުން ތައާރަފުކޮށްފި

Author
ޙަސަން މުޙައްމަދު
17 ފެބްރުއަރީ 2026 09:42
0

މިއަހަރުގެ ރޯދަމަހާ ދިމާކޮށް އުރީދޫ މޯލްޑިވްސްއިން، އެއް ލައްކަ ރުފިޔާގެ އަގުހުރި "ކްރިއޭޓާ ބަންޑަލް" އެއް ލިބޭ ގޮތަށް އެ ކުންފުނީގެ މަޝްހޫރު "ކަރާ ފެޅުން" ގޭމު އަލުން ތައާރަފުކޮށްފިއެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އުރީދޫ އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ކަރައެއް ފަޅާލައިގެން ކަސްޓަމަރުންނަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އުރީދޫއިން މައުލޫމާތު ދޭ ގޮތުގައި، ކަރާ ފަޅާލާ ކޮންމެ ފަހަރަކު ކަސްޓަމަރުންނަށް ކޮންމެވެސް ކަހަލަ ހަދިޔާއެއް ލިބޭނެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުވެސް ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ޑޭޓާ އިނާމުތައް ހިމެނެއެވެ.

މިފަހަރުގެ ގޭމުގެ ނަސީބުވެރި ފަރާތަކަށް ހުށަހަޅާފައިވާ އެންމެ ބޮޑު އިނާމަކީ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ހާއްސަ "ކްރިއޭޓާ ބަންޑަލް" އެކެވެ. މި ޕެކޭޖުގައި އެންމެ ފަހުގެ އައިފޯން 17 ޕްރޯ، މެކްބުކް، އައިޕެޑް، ޑްރޯން އަދި އޮސްމޯ ޕޮކެޓް ހިމެނޭއިރު، މިއީ ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

މި އަހަރުގެ ގޭމު ފަރުމާކޮށްފައިވަނީ ކުރީ އަހަރުތަކާ ތަފާތުކޮށް، ރައްޓެހިންނާއި އާއިލާއާއެކު ބައިވެރިވެވޭ ގޮތަށް "ޓީމް" ބޭސްޑް ކޮށެވެ. އެގޮތުން "ރަތް ލަޝްކަރު" ނުވަތަ "ނޫ ލަޝްކަރު" ގެ ނަމުގައި ޓީމުތަކަށް ބަހާލައިގެން، މެޕުގައި ފާހަގަކޮށްފައިވާ ތަންތަނަށް ގޮސް ކަރާ ފަޅާ "ކަރާ ކުއެސްޓް" ވެސް މިފަހަރު ހިމެނެއެވެ. އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި ގޮތުގައި މި ގޭމުގެ މައިގަނޑު މަގުސަދަކީ ރޯދަމަހުގެ އުފާވެރިކަމުގެ ތެރެއިން ގޭމު މެދުވެރިކޮށް އެކަކު އަނެކަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.