ސީޕީއައި އަކީ ކޮރަޕްޝަން ސީދާ ވަޒަންކުރާ ދިރާސާއެއް ނޫން ކަމަށް އޭސީސީ ބުނެފި

ސީޕީއައި އަކީ ކޮރަޕްޝަން ސީދާ ވަޒަންކުރާ ދިރާސާއެއް ނޫން ކަމަށް އޭސީސީ ބުނެފި

Author
ހުސައިން
10 ފެބްރުއަރީ 2026 11:24
0

ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީޕީއައި) އަކީ ކޮރަޕްޝަން ސީދާ ވަޒަންކުރާ ދިރާސާއެއް ނޫން ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބުނެފިއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ މި އިންޑެކްސް ތައްޔާރުކުރަނީ، ކޮރަޕްޝަން "އޮންނަ ކަމަށް ދެކޭ ގޮތް" ހާމަކޮށްދޭ ދިރާސާތަކެއްގެ ނަތީޖާތަކަށް ބިނާކޮށްކަން އޭސީސީ ވަނީ ފާހަގަކޮށްފައެވެ. މިދިޔަ އަހަރު ރާއްޖޭގެ ސްކޯ ކަނޑައެޅުމަށް ބޭނުންކޮށްފައިވަނީ ހަމައެކަނި ތިން މަސްދަރެއް ކަމަށްވުމާއެކު، ގިނަ ޤައުމުތަކާ ބަލާއިރު ރާއްޖޭގެ ނަތީޖާ ގިނަ ދިރާސާތަކަށް ބިނާ ނުވާ ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މި ކަންކަން ޤައުމީ ފެންވަރުގައި މަޝްވަރާކޮށް ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމުގެ މުހިންމުކަމަށް ކޮމިޝަނުން ވަނީ އަލިއަޅުވާލާފައެވެ. ހަމައެއާ އެކު، ޔޫއެންއޯޑީސީ ގެ އެހީގައި "ޤައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު" އެކުލަވާލުމުގެ މަސައްކަތް ފަށާ ކުރިޔަށް ގެންދާ ކަމަށްވެސް އޭސީސީ ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.