ގއ.ދެއްވަދޫގައި ކޯވިޑް19 ފެތުރެމުންދަނީ ބަލި އެންމެ ފުރަތަމަ ފެނުނު މީހާގެ ކިބައިން ނޫކަމަށާއި، ބަލި ފެތުރެން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒުލާ ރަފީގު ވިދާޅުވީ ބަލި ފެތުރިފައިވަނީ ދުވަސްކޮޅެއް ވަންދެން ރަށުގެ ތެރޭގައި ބަލި އުޅުމަށްފަހުގައިކަމަށް މިހާތަނަށް ބެލި ބެލުމުން އެގިފައިވާކަމަށެވެ. ނަޒްލާ ވިދާޅުވީ ބަލި ރަށު ތެރޭގައި ފެތުރެމުންދަނީ ބަލި އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކިބައިން ނޫންކަން ދަންނަވަން އެގޭކަމަށެވެ.
ދެއްވަދޫގެ މިކޭސްގެ ތެރެއިން މިހާތަނަށް 22 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ދެއްވަދޫއިން ވަނީ 16 މީހަކު ޕޮޒިޓިވް ވެފައެވެ. މިހާތަނަށް ޕޮޒިޓިވް ކޭސްތަކާއި ކޮންޓެކްޓްވި 149 މީހަކު ދެނެގަނެވިފައިވާއިރު، އެގެ ތެރޭގައި ހައިރިސް 18 މީހަކު ހިމެނެއެވެ. އަދިމިހާތަނަށް 163 ސާމްޕަލް ނެގި 85 ސާމްޕަލެއްގެ ނަތީޖާ ނުލިބިވާކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެއެވެ.
މިކޭސްއާއި ގުޅިގެން ފޮނަދޫއިން ޕޮޒިޓިވްވި 4 މީހުންނާއި ކޮންޓެކްޓުވި 59 މީހަކު ދެނެގަނެވިފައިވާއިރު، ހައިރިސްކުގެ ގޮތުގައި 9 މީހަކު ފާހަގަ ކުރެވިފައިވާކަމަށެވެ.
އެޗްޕީއޭއިން ވަނީ ދެއްވަދޫގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލު ކުރުމަށް ދަންނަވާފައެވެ. އަދި ބަލި ކޮންޓްރޯލް ކުރެވޭނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަބައިގެންކަމަށް ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ