ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވަމުން ގެންދަވާ ޤައުމީ އިނާމު، މިއަހަރު ދެއްވުން ފަސްކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިގޮތަށް ނިންމަވާފައި ވަނީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ، ކޯވިޑް-19 އިގެ ހާލަތާ ގުޅިގެން މިއަހަރު ނުބާއްވަވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެންނެވެ.
ކޯވިޑުގެ ހާލަތު، ޢާންމު ހާލަތަކަށް ބަދަލުވުމުން، ޤައުމީ އިނާމު ދެއްވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވަވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. މި ޖަލްސާ ބާއްވަވާނެ ތާރީޚު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަހުން އިޢުލާން ކުރައްވާނެކަމަށް އެއޮފީހުން ވިދާޅުވެ އެވެ.
ކޮމެންޓު ފޮނުވާ