500 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު "އެމްއެސް ކްރިސްޓަލް ސިމްފަނީ" ރާއްޖެ ބަނދަރުކޮށްފި

500 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު "އެމްއެސް ކްރިސްޓަލް ސިމްފަނީ" ރާއްޖެ ބަނދަރުކޮށްފި

Author
ޙަސަން މުޙައްމަދު
24 ޖެނުއަރީ 2026 08:23
0

ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން ރާއްޖެއަށް ދަތުރުކުރި "އެމްއެސް ކްރިސްޓަލް ސިމްފަނީ" ކްރޫޒްލައިނާ ރާއްޖެ އައިސް، އޭގެން ދަތުރުކުރި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ. މި ބޯޓު ރާއްޖެ އައުމާއެކު މޯލްޑިވްސް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން ވަނީ ބޯޓުން ދަތުރުކުރި ފަސިންޖަރުންނާއި ކްރޫއިންނަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ނުވަތަ ކްލިއަރެންސް ދީފައެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ކްރޫޒްލައިނާއިން ޖުމްލަ 557 ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ. އަދި މީގެ އިތުރުން ބޯޓުގެ ފަޅުވެރިންގެ ގޮތުގައި 496 ކްރޫއިން ވެސް މި ދަތުރުގައި ބައިވެރިވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ އެއްފަހަރާ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ދަތުރެކެވެ.

މި ކްރޫޒްލައިނާ ރާއްޖެއަށް މިކުރި ދަތުރަކީ މިއަހަރުގެ ތެރޭގައި މި އުޅަނދު ރާއްޖެއަށް ޒިޔާރަތްކުރި ދެވަނަ ފަހަރެވެ. ކަނޑުމަގުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަން މިފަދަ ކްރޫޒްލައިނާތަކުގެ ދަތުރުތަކުން ހާމަވެގެންދެއެވެ.ގެވެށި އަނިޔާގެ މައްސަލައެއްގައި ކޯޓު އަމުރަކަށް ފޯނު ނުދީ، ފުލުހުންނަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.