ގިލިލަންކަންފުށީ ފަރަށް އިންޑިއާގެ އަސްކަރީ އުޅަނދެއް އަރައިފި

ގިލިލަންކަންފުށީ ފަރަށް އިންޑިއާގެ އަސްކަރީ އުޅަނދެއް އަރައިފި

Author
އަހުމަދު
16 ޖެނުއަރީ 2026 10:48
0

ކ. ހިންމަފުށީ ފަޅުތެރޭގައި އޮންނަ، ގިލިލަންކަންފުށި ރިސޯޓުގެ ފަރަށް އިންޑިއާގެ ކޯސްޓްގާޑު އުޅަނދެއް އަރައިފިއެވެ. މި ހާދިސާ ހިނގި ވަގުތެއް ސީދާ ކަށަވަރު ނުުވި ނަމަވެސް، މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި އެ އުޅަނދުގެ ބޮޑު ބައެއް އޮތީ ފަރުމަތީގައެވެ.

އުޅަނދު ފުންކުރުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ފެނިފައިވާއިރު، އިންޑިއާގެ އެހެން އަސްކަރީ އުޅަނދެއް ބޭނުންކޮށްގެން ކަފުޖަހައިގެން އެ އުޅަނދު ނެގޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ސަރަހައްދުގައި ދިވެހި ސިފައިން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. ނަމަވެސް އުޅަނދު ފަރަށް އަރާފައި އޮތްލެއް ބޮޑުކަމުން، އެ ވަގުތު އުޅަނދު ފުންކުރެވޭ ގޮތް ނުވިކަމަށް ވެއެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ބާރުތަކުން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ފަހަކަށް އައިސް ރާއްޖޭގެ ފަރުތަކަށް ބޭރުގެ އުޅަނދުފަހަރު އެރުމުގެ ހާދިސާތައް އިތުރުވެފައިވާ ކަމެވެ. މީގެ ތެރޭގައި އިންޑިއާގެ އުޅަނދުތައް ގިނަކަން ފާހަގަކުރެވެއެވެ. މިފަދަ ހާދިސާތަކުގައި ފަރުތަކަށް ބޮޑެތި ގެއްލުންތައް ލިބި، އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާ ކުރެވުނު ނަމަވެސް، ދައުލަތަށް އެ ފައިސާ ލިބިފައިވަނީ ވަރަށް މަދު ފަހަރަކުއެވެ. އަދި ޖޫރިމަނާ ފައިސާ ހޯދުމަށް ކޯޓަށް ހުށަހެޅޭ މައްސަލަތައް ވެސް ނުނިމި ދިގުލައިގެންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.