ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ތާރީޚީ ޝަޚްސިއްޔަތެއް ކަމަށްވާ، ރާއްޖޭގެ ފުރަތަމަ އެއަރ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނަޢީމް ޙުސެއިން އުމުރުފުޅުން 74 އަހަރުގައި މިދިޔަ އާދިއްތަ ދުވަހު އަވަހާރަވެއްޖެއެވެ. ނަޢީމްގެ ޖަނާޒާ އިއްޔެ ހުޅުމާލެ ސަހަރާގައި ވަނީ ބާއްވާފައެވެ.
ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ހުޅުލޭ އެއަރޕޯޓް ހުޅުވުމަށްޓަކައި ސްރީލަންކާއިން ތަމްރީނު ފުރިހަމަ ކުރައްވައި، 1973 ވަނަ އަހަރުގެ އޭޕްރީލް 7 ގައި ޚިދުމަތާ ގުޅިވަޑައިގެންނެވި ނަޢީމްގެ ވަކިވެދިޔުމަކީ ދިވެހި އޭވިއޭޝަން ސިނާޢަތަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އެ ކުންފުނިން ވަނީ ނަޢީމް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާން އާކޮށް، އެމަނިކުފާނަށް އިޙްތިރާމާއި ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ