އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މާލެ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މަޖިލީހުގެ ރައީސް މާލެ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވާފައިވާއިރު މާލޭ ލޮނުޒިޔާރާތްކޮޅުގައި ހަދާފައިވާ ޕާކުގެ މަސައްކަތްތައް އަމިން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް އޭސީސީން ކުރި ތަހުޤީޤަށް ސާބިތުވާތީ، މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދުގެ މައްޗަށް ދައުވާކުރުމަށްޓަކައި، އޭސީސީން ޕީޖިއަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް @MohamedNasheed މާލޭސިޓިގެ ކައުންސިލް އާއި ބައްދަލުކޮށް ކައުންސިލްގެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުން. pic.twitter.com/nwWONrQX5z
— Male' City Council (@MaleCitymv) October 11, 2020
މި މައްސަލައިގައި މާލޭ ސިޓީގެ މޭޔަރ، ސިފާ މުޙައްމަދަށް ދައުވާކުރުމަށް އޭސީސީން ޕީޖީގައި އެދިފައި ވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާއެވެ.
މާލޭ ލޮނުޒިޔާރާތްކޮޅުގައި ހަދާފައިވާ ޕާކުގެ މައްސަލައިގައި އޭސީސީގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ އެމަޝްރޫޢުގެ މަސައްކަތްތައް އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާއި ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ރައީސް ނަޝީދު މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރިއިރު މާލެ ސިޓީ ކައުންސިލްގެ ރައީސް ސިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މަސައްކަތް މިހާރުވެސް ސިޓީ ކައުންސިލް ތެރެއިން ދަނީ ކުރެވެމުންނެވެ.
ކޮމެންޓު ފޮނުވާ