ސިވިލް ސާވިސް މުވައްޒަފުން ސިއްޙީ ޗުއްޓީއަށް ސީދާ ކޮމިޝަންގައި އެދެންޖެހޭ ގޮތަށް ހަމަޖައްސައިފި

ސިވިލް ސާވިސް މުވައްޒަފުން ސިއްޙީ ޗުއްޓީއަށް ސީދާ ކޮމިޝަންގައި އެދެންޖެހޭ ގޮތަށް ހަމަޖައްސައިފި

Author
ހުސައިން
07 ޖެނުއަރީ 2026 04:17
0

ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްސަ ސިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީއަށް އެދޭނީ މިހާރުން ފެށިގެން ސީދާ ސިވިލް ސާވިސް ކޮމިޝަނަށް ކަމަށް ހަމަޖައްސައިފިއެވެ.

މިއަދު އެކޮމިޝަނުން އާންމުކުރި އުސޫލުގައިވާ ގޮތުން ކުރިން މި ޗުއްޓީއަށް އެދެނީ މުވައްޒަފުން މަސައްކަތްކުރާ އިދާރާތަކުން މަސްއޫލުވެރި އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅައިގެންނެވެ. އެގޮތަށް ކަންތައް ކުރިއަށްދާއިރު ޗުއްޓީއާ ބެހޭ ގޮތެއް ކަނޑައެޅުމާއި މުވައްޒަފުންނަށް އެކަން އެންގުމަށް ހޭދަވާ މުއްދަތު ދިގުވެ، މުވައްޒަފުންނަށް ދަތިތައް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވެއެވެ.

މި މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މިހާރު ވަނީ މުވައްޒަފުން މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށްފަހު ސީދާ ކޮމިޝަނަށް ޗުއްޓީ ހަމަޖައްސައިދިނުމަށް ހުށަހެޅޭނެ ގޮތް ހަމަޖައްސާފައެވެ. ޗުއްޓީ ފެށުމަށް ބޭނުންވާ ތާރީހުގެ 15 ދުވަސް ކުރިން ކަމާގުޅޭ ލިޔެކިޔުންތަކާއެކު "ހާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީއަށް އެދޭ ފޯމު" ހުށަހަޅަންޖެހޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.