ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި، ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލަށް މުހިންމު އިސްލާހެއް ގެނެސްފައިވާކަން ހާމަކޮށްފިއެވެ.
މި އިސްލާހުގެ ދަށުން މުސާރައިގެ ކުރިއެރުން ލިބޭނީ އެކަމަށް ކަނޑައަޅާފައިވާ ހުރިހާ ކަންތައްތައް ފުރިހަމަކޮށް ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު ކޮމިޝަނަށް ހުށަހެޅުމުން، އެ މުވައްޒަފަކަށް ކުރިއެރުން ޙައްގުވާ ތާރީހުން ފެށިގެންނެވެ. ކުރީގެ އުސޫލުގައި ބުނެފައި އޮތީ މުސާރައިގެ ކުރިއެރުން ދެވޭނީ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ތާރީހުން ފެށިގެން ކަމަށެވެ.
އާ ޕޭ ފްރޭމްވޯކަށް ބަދަލުވީ 20،000 އަށް ވުރެ ގިނަ ސިވިލް ސާވަންޓުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނެވެ. މުސާރައަށް ބަދަލު ގެނެސް މުސާރަ ބޮޑުކުރީ މިދިޔަ ނޮވެމްބަރު މަހުގައެވެ.
ކޮމެންޓު ފޮނުވާ