ފިނޭންސް މިނިސްޓްރީން މިއަހަރުގެ ފުރަތަމަ ޓީ-ބިލްތައް ވިއްކަން ހުޅުވާލައިފި އެވެ. މި ފަހަރު ވިއްކަން ހުޅުވާލާފައިވަނީ ތަފާތު މުއްދަތުތަކަށް ޖުމްލަ 3 ބިލިއަން ރުފިޔާއަށްވުރެ ގިނަ ޓީ-ބިލްތަކެކެވެ.
މި ޓީ-ބިލްތަކުގެ ތެރޭގައި ފެބްރުއަރީ 9 ގައި އަނބުރާ ދެއްކުމަށް ވިއްކާ 1.06 ބިލިއަން ރުފިޔާގެ ޓީ-ބިލާއި، އެޕްރީލް 20 ގައި ދައްކާ 105 މިލިއަން ރުފިޔާގެ ޓީ-ބިލް ހިމެނެ އެވެ. މީގެއިތުރުން ޖުލައި 6 ގައި ދައްކާ 110 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، އަންނަ އަހަރުގެ ޖެނުއަރީ 11 ގައި ދައްކާ 1.72 ބިލިއަން ރުފިޔާގެ ޓީ-ބިލްވެސް ވިއްކަން ހުޅުވާލައިފައިވެ އެވެ.
މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ. ޓީ-ބިލްއަކީ ކުރު މުއްދަތަށް ސަރުކާރުން ދޫކުރާ ގަވަރުމަންޓް ސެކިއުރިޓީއެއް ކަމަށްވާއިރު، މިއީ ޑިސްކައުންޓް އަގެއްގައި ވިއްކައި މުއްދަތު ހަމަވުމުން ފޭސް ވެލިއު އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.
ސަރުކާރުން ވިއްކާ ޓީ-ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުންނެވެ.
ކޮމެންޓު ފޮނުވާ