ގާނޫނުއަސާސީއަށް ގެންނަ އިސްލާހު 10 ދުވަހުން ނިންމަން ކޮމިޓީން ނިންމައިފި

ގާނޫނުއަސާސީއަށް ގެންނަ އިސްލާހު 10 ދުވަހުން ނިންމަން ކޮމިޓީން ނިންމައިފި

Author
ހުސައިން
05 ޖެނުއަރީ 2026 08:12
0

ރިޔާސީ އަދި މަޖިލިސް އިންތިހާބު އެކުގައި ބާއްވައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ މަސައްކަތް 10 ދުވަސް ތެރޭގައި ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ.

ޗުއްޓީގައި އޮތް މަޖިލީހުން މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އެ އިސްލާހުގެ ބަހުސް މިއަދު މެންދުރު މަޖިލީހުން ނިންމައި، ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިއަދު މެންދުރުފަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި މަހު 15އާ ހަމައަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލުމަށް ނިންމައި، ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2ގެ ކުރިން ހިޔާލު ފޮނުވުމަށް މަޖިލިސް އިދާރާއިން އެދިފައިވެ އެވެ. ކޮމިޓީގެ ނައިބު މުގައްރިރު، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވި ސުންގަޑި ކަނޑައެޅުމަށް ފާސްވީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.