ޕީއެންސީގެ ޓިކެޓްގައި ފުވައްމުލަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ޒުވާން ކެންޑިޑޭޓް ޢަލީ މަސީޙު، ރަށުގެ އިގްތިސާދީ ހާލަތު ވަރުގަދަކޮށް ވިލުންތެރި މުޖުތަމަޢަކަށް ބަދަލުކުރުމުގެ ސާފު ތަސައްވުރަކާއެކު ކެމްޕޭން ފަށައިފިއެވެ. ރަށުގެ ހާލަތާއި ރައްޔިތުންގެ ވިންދު ރަނގަޅަށް އެނގިހުރެ އެތައް ދާއިރާއަކުން އަހަރުތަކެއްގެ ތަޖުރިބާގެ އަލީގައި ޢަލީ މަސީޙު، ރައްޔިތުންނަށް ހުށަހަޅުއްވަނީ އޮށްޓަރު ހުރި ނަތީޖާ ހާސިލުކުރެވޭނެ ވައުދުތަކެކެވެ.
އޭނާގެ ކެމްޕޭން ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާގެ މައިގަނޑު ވިސްނުމަކީ ރައްޔިތުންނާ ގުޅިގެން، ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްގެން ރޭވިފައިވާ ގޮތަކަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުން ކަމަށާއި، އޭނާ ބޭނުންވަނީ ޕްލޭން ކުރެވިފައިވާ ތަރައްޤީއެއް ފުވައްމުލަކަށް ގެނައުން ކަމަށެވެ. އޭނާ ވިދާޅުވީ އޭނާ ދެކޭ ތަސައްވުރަކީ އެއްވެސް ޕްލޭންއެއް ނެތި ތަރައްގީ ގެނައުމުގެ ސަގާފަތް ބަދަލުކޮށް، ޕްލޭން ކުރެވިގެން ގެނެވެ ވަށާޖެހޭ ތަރައްޤީއެއް އެ ސިޓީއަށް ގެނައުން ކަމުގައެވެ.

ޢަލީ މަސީޙު ވިދާޅުވެފައިވަމީ ފުވައްމުލަކުގެ 14 ހާހެއްހައި މީހުންގެ އާބާދީގެ ތެރެއިން، މިވަގުތު ރަށުގައި ދިރިއުޅޭ 9 ހާހެއްހައި މީހުންނަށް އިގްތިސާދީ މަންފާ އޭގެ ފުރިހަމަ ގޮތުގައި ރަށަށް ލިބޭނެ ގޮތް ހަދައި، ރަށް ތަރައްގީ ކުރުމަށްޓަކާ، ރަށުގައި ދިރިއުޅޭ އާބާދީ 15 ހާހާއި 20 ހާހަށް ގެންދަން ޖެހޭ ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައު މި ގޮތުން ނަތީޖާ ނެރެވޭނީ ރަށުގައި ވިޔަފާރީގެ ފުރުސަތު ފަހިކޮށްދީ، ރަށަކީ މީހުންނަށް މަގުބޫލު ތަނަކަށް ހެދިގެން ކަމުގައެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ވަރުގަދަކުރުމަކީ މުހިހްމު ކަމެއްކަމުގައި އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޓްރާންސްޕޯޓުގެ ދާއިރާ ވަރުގަދަކޮށް ފުވައްމުލައް އެހެން ތަންތަނާ ގުޅުވާލުމަކީވެސް އިސްކަންދޭން ޖެހިފައިވާ ކަމެކެވެ. އެގޮތުން ފުވައްމުލަކުގެ ޓޫރިޒަމް ޒޯން ޑިވެލޮޕްކޮށް އައު ހަރުފަތަކަށް ރަށުގެ ފަތުރުވެރިކަން ގެންދިއުމުގައި ޓްރާންސްޕޯޓުގެ ސިނާއަތު ތަރައްގީކުރުމަށް އިސްކަންދޭންޖެހޭކަން ފާހަގަ ކުރައްވަމުން މަސީޙު ފާހަގަ ކުރެއްވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައި އޭނާއަށް ލިބިފައިވާ ތަޖުރިބާއަކީ މިކަންކަން ހަގީގަތަކަށް ހަދައި ނަތީޖާ ޙާސިލުކުރުމުގައި އޭނާ އަށް ލުއިފަސޭހަ ވެގެންދާނެ ކަންކަމެވެ.

އެމްބީއޭ ފުރިހަމަކުރައްވާފައިވާ ޢަލީ މަސީޙަކީ ތަފާތު ދާއިރާތަކުން ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ވަނީ ތައުލީމީ ދާއިރާގައި ލެކްޗަރާއެއްގެ ގޮތުގައި 11 އަހަރު މަސައްކަތް ކުރައްވާފައެވެ. އަދި އޭގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި 10 އަހަރު މަސައްކަތްކޮށް، އޭގެ އިތުރުން ކައުންސިލްގެ އިސް މަގާމުތަކުގައި 12 އަހަރު އޭނާ ވަނީ ހޭދަ ކުރައްވާފައެވެ. އޭގެ އިތުރުން އޭނާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށްގެން ކުރިޔަށްދާ ޒުވާނެއްވެސް މެއެވެ.
ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ޝަރަފްވެރިކޮށްދެއްވި ހަފްލާގައި ޢަލީ މަސީޙުގެ ކެމްޕޭން އޮފީސް ރޭ އިފްތިތާޙު ކުރެވުގެންދިޔައިރު، މި ޙަފްލާގައި ފުވައްމުލަކުގެ އެމްޕީންނާއި އެހެން ބައެއް އެމްޕީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ