ވަކީލު ޒުންނަވާރު ސަލީމާއި އޭނާގެ އަންހެނުން މެހެނާޒް ޙުސައިން ބާ ކައުންސިލާ ދެކޮޅަށް ހުށަހެޅި މައްސަލަ ހައިކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ. މެހެނާޒަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށްގެން ޒުންނަވާރު އޭގައި މެހެނާޒުގެ ސޮއިކުރުމުން ބާ ކައުންސިލުން އެ ދެމަފިރިންގެ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓި މައްސަލައިގައި އެއް ކުށަކަށް ތަކުރާރުކޮށް އަދަބު ދިނުން ހުއްޓުވުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
2021 ވަނަ އަހަރު އެއްބަސްވުމެއް ނޯޓަރައިޒްކުރުމުގައި، އެއްބަސްވުމުގެ ބައިވެރިއެއްގެ ވަކީލެއްގެ ގޮތުގައި ހުރެވެސް ޒުންނަވާރު ގާނޫނާ ޚިލާފަށް އެ މަސައްކަތް ކޮށްފައިވާ ކަމަށް ބާ ކައުންސިލުން ކަނޑައަޅައި، މެހެނާޒުގެ ހުއްދަ 12 މަސް ދުވަހަށާއި ޒުންނަވާރުގެ ހުއްދަ 15 މަސް ދުވަހަށް މިދިޔަ އަހަރު ހިފެހެއްޓިއެވެ. ލައިސެންސް ބާތިލުކުރުން ނިމުމަކަށް ގެނައި ގާނޫނީ މަސައްކަތް އަލުން އިއާދަކޮށްދިނުމަށް އަދި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަންނަން ނިންމާފައިވެއެވެ.
ކޮމެންޓު ފޮނުވާ