މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބާއްވަނީ

މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބާއްވަނީ

Author
އައިޝަތު އަޙްމަދު
04 ޖެނުއަރީ 2026 04:41
0

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް މާދަމާ ހެނދުނު 9 ޖަހާއިރު ބާއްވަން ނިންމައި އެޖެންޑާކޮށްފި އެވެ. ޑިސެމްބަރު މަހު ޗުއްޓީއަށް ދިޔަ ފަހުން މިއީ ބާއްވާ ފުރަތަމަ ޖަލްސާ އެވެ.

މި ޖަލްސާގައި ވާހަކަ ދެކެވޭނީ ސަރުކާރުން ހުށަހެޅި ތިން މުހިއްމު ބިލަކާ ބެހޭ ގޮތުންނެވެ. އެގޮތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ހުށަހެޅުއްވި ގާނޫނުއަސާސީ އިސްލާހު ބިލުގައި ވަނީ މަޖިލީހުގެ މި ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއެކު މަޖިލިސް އިންތިހާބު ބޭއްވުމަށް ހުށަހަޅާފަ އެވެ. މިގޮތަށް ބަދަލުގެނައުމުން މަޖިލީހުގެ މި ދައުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު 1 ގައި ނިމޭނެ އެވެ.

މީގެ އިތުރުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ހުށަހެޅުއްވި ޕެންޝަން ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ޕެންޝަން ފައިސާ ދޫކުރުމަށް އުސޫލުތަކެއް ކަނޑައެޅުމާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫޤު ހުށަހެޅުއްވި ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގައި ޖުވާ ކުޅުމުގެ ދައުވާ ސާބިތުވެއްޖެނަމަ 1 އަހަރާއި 4 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމް އިއްވުން ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.