ސިވިލް ސާވިސް މުވައްޒަފުންގެ ހެދުމާ ބެހޭ އައު ގަވައިދަށް ފާޑުވިދާޅުވެ، މުސްލިމް އަންހެނުންގެ ޒީނަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަނުން ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު އާންމުކުރި ގަވައިދުގައި، އަންހެން މުވައްޒަފުން ހެދުން އަޅަންވީ ގޮތް ތަފުސީލުކޮށް ބަޔާންކޮށް، ކަރުވަޅާއި ބުޑު ނިވާވާން ޖެހޭ ކަމަށް ކަނޑައަޅައި، އިސްތަށިގަނޑުގައި ކުލަ ޖެއްސުން ވެސް ވަނީ މަނާކޮށްފައެވެ.
މި ގަވައިދާ މެދު އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމައެކަނި އަންހެނުންނަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމަކީ ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއް ކަމަށް ބުނެ، އެ އުސޫލުތައް އުވާލުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ