ހުޅުމާލެ ފޭސް 1 އިން މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ރައްޔިތަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ހުސައިން ސަޒާދެވެ. ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުން އޭނާ އެ ވަގުތު ގެންގުޅުނު ފޮށިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ރަބަރު ޕެކެޓުތަކެއްގައި ހުރި ހާލަތުގައި ފެނިފައިވެއެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 94.34 ގުރާމެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދެއެވެ.
ކޮމެންޓު ފޮނުވާ