މަޝްރޫއު އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާ މައްސަލާގައި ފިޔަވަޅު އަޅަނީ

މަޝްރޫއު އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާ މައްސަލާގައި ފިޔަވަޅު އަޅަނީ

Author
ޙަސަން މުޙައްމަދު
01 ޖެނުއަރީ 2026 09:17
0

މަޝްރޫއުތަކަށް ހާއްސަކޮށްގެން ޑިއުޓީ މައާފުކޮށް އެތެރެކުރި އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާ މައްސަލާގައި ފިޔަވަޅު އަޅާނެކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

މި އުޅަނދުތައް މަޝްރޫއު ނިމުމަށްފަހު ރާއްޖެއިން ބޭރަށް ނުގެންދިޔުމާއި، ޑިއުޓީ ނުދައްކައި ފަރާތްތަކަށް ކުއްޔަށް ދީ ބޭނުންކުރަމުންދާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މި ކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވަމުންދާކަން ފާހަގަކުރެވެއެވެ.

ކަސްޓަމްސް އިން ބުނީ މިއަދުން ފެށިގެން މި އުޅަނދުތައް ހޯދައި ކަސްޓަމްސްގެ ކޮންޓްރޯލް ދަށަށް ގެނެސް، ޖޫރިމަނާ ކުރުމާއެކު ޑިއުޓީ ނަގާނެ ކަމަށެވެ. މި ފިޔަވަޅު އަޅަން ނިންމީ ޑިސެންބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގައި މި ކަންބޮޑުވުން ހުށަހެޅުއްވުމާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ބައެއް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.