ޔާމީން ރަޝީދު މަރާލި މައްސަލައިގަ ތުހުމަތު ކުރެވޭ ދެމީހެއްގެ މައްސަލަ އަލުން ބަލަން ހުކުމް ކޮށްފި

ޔާމީން ރަޝީދު މަރާލި މައްސަލައިގަ ތުހުމަތު ކުރެވޭ ދެމީހެއްގެ މައްސަލަ އަލުން ބަލަން ހުކުމް ކޮށްފި

Author
ޙަސަން މުޙައްމަދު
31 ޑިސެމްބަރ 2025 02:46
0

ބްލޮގަރު ޔާމީން ރަޝީދު މަރާލި ޤަތުލު މައްސަލާގައި އުމުރަށް ޖަލަށްލި ދެ މީހުންގެ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށް، މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

2017 އޭޕްރީލްގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ދައުވާކުރި އެވެ. 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިސްމާއިލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށް ކުށް ސާބިތުކޮށް އުމުރަށް ޖަލަށްލީ އެވެ. ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވި އެވެ.

ތިން ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުން މިއަދު ނިންމީ ހައިޝަމާއި ޒިހާންގެ ހުކުމް ބާތިލްކޮށް އެ ދެ މީހުންގެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އަދި ކުށް ސާބިތު ނުވެ ސަލާމަތްވި މީހުންގެ ތެރެއިން އިސްމާއިލް ރަޝީދާއި މުހައްމަދު ދިފްރާންގެ މައްސަލަ ވެސް އަލުން ބަލަން ހައި ކޯޓުން އަންގައިފި އެވެ.

މައްސަލަ އަލުން ބަލާއިރު ސިއްރު ހެކިވެރިއެއްގެ ހެކިބަހާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން އަންގައިފައިވެ އެވެ. ހުކުމް ބާތިލް ވުމުން ހައިޝަމާއި ޒިހާން މިނިވަން ވާނެތީ މައްސަލަ ނިމެންދެން ބަންދުކުރަން ދައުލަތުން އެދުނު ނަމަވެސް، ފަނޑިޔާރުން އެ އެދުން ބަލައިނުގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.