ގެވެށި އަނިޔާ ލިބޭ މީހުން ވަގުތީ ގޮތުން ބައިތިއްބާނެ ޑޮމެސްޓިކް ވައިލަންސް ޝެލްޓާތައް ދިވެހިރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ހާމަކުރައްވައިފިއެވެ.
རައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި ޝެލްޓަރެއް އެޅުމުގެ މަސައްކަތް ފެށޭ ހިސާބަށް ގޮސްފައިވާ ކަމަށާއި ހުޅުމާލޭގައި ވެސް އެފަދަ ތަނެއް އިމާރާތްކުރުމަށް މިހާރު ވަނީ އިއުލާނުކޮށްފައިވާ ކަމަށެވެ. އެ ދެ ތަނުގެ މަސައްކަތް ފެށުމާއެކު ރ. އުނގޫފާރުގައި ވެސް ވަގުތީ ހިޔާއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވީ މުޖުތަމަޢުގައި ސޯޝަލް މީޑިއާގެ ތެރެއިން އަންހެނުންނަށް ފުރައްސާރަކުރުމުގެ ކަންކަން ބޮޑުވެގެންދާތީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންދާ ކަމަށެވެ. އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ފުރައްސާރަކުރުމުގެ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޖެންޑަރ އީކުއަލިޓީގެ ގާނޫނު މުރާޖައާކުރަން އަންނަ އަހަރަށް ތާވަލްކޮށްފައިވާ ކަމަށް މީގެ ކުރިން ވެސް މިނިސްޓަރު ވަނީ ހާމަކުރައްވައިފައެވެ.
ކޮމެންޓު ފޮނުވާ