އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި 6,000 އަށް ވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.
ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 21,000 މެންބަރުން ތިބިއިރު، 46 ވޯޓު ފޮށި ބަހައްޓައިގެން ވޯޓުލުން ވަރަށް އޮމާންކޮށް ކުރިއަށް ގެންދެވުނު ކަމަށެވެ. މާލޭގައި އަތޮޅު ތެރެއަށް ޚާއްސަ ވޯޓު ފޮށި ނެތުމުން ވޯޓުލާ މީހުންގެ ނިސްބަތް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ޕްރައިމަރީގައި 94 ދާއިރާއަކުން 308 ކެންޑިޑޭޓުން ވާދަކުރިއިރު، އޭގެ ތެރެއިން 183 ކެންޑިޑޭޓުން ވާދަކުރީ ކައުންސިލަށެވެ. މޭޔަރު ކަމުގެ ޕްރައިމަރީ ބޭއްވީ ހަމައެކަނި އައްޑޫ ސިޓީއަށެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ޕީއެންސީގެ މެންބަރުންގެ އަދަދު 68,665 އަށް އަރައެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނީ އަންނަ އަހަރު އޭޕްރީލް ހަތަރު ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ