ތިނަދޫ ސިޓީ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓް ޕްރިންސިޕަލް އަޖީބަށް

ތިނަދޫ ސިޓީ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓް ޕްރިންސިޕަލް އަޖީބަށް

Author
ހުސައިން
27 ޑިސެމްބަރ 2025 03:09
0

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓް، އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބަށް ޕްރައިމަރީއަކާ ނުލައި ލިބިއްޖެއެވެ.

ޕީއެންސީން ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ކަނޑައެޅުމުގެ އެތެރޭގެ އިންތިހާބު މިއަދު ކުރިއަށް ދިޔައިރު، ތިނަދޫ ސިޓީގައި ޕްރައިމަރީއެއް ނުބާއްވައެވެ. މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެހެން ބޭފުޅުން އެކި ސަބަބުތައް މެދުވެރިވެ ނަން އަނބުރާ ގެންދެވުމުން އަޖީބަށް ޓިކެޓް ޔަގީންވީއެވެ.

އެމްޑީޕީގެ ފަރާތުން ތިނަދޫ މޭޔަރު ކަމަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު ސައުދު އަލީ އާއި އަހުމަދު ނަސީރެވެ. އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ ޖެނުއަރީ 15 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.