އެމްޑީޕީ މޭޔަރު ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ތާއީދެއް ނުކުރަން: ޝާހިދު

އެމްޑީޕީ މޭޔަރު ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ތާއީދެއް ނުކުރަން: ޝާހިދު

Author
އަހުމަދު
24 ޑިސެމްބަރ 2025 12:09
0

މާލޭގެ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓަށް ވާދަވެރިކަން ބޮޑުވެފައި އޮއްވައި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.

މޭޔަރުކަމުގެ ޕްރައިމަރީގައި ވާދަކުރައްވާ އާދަމް އާޒިމާއި އަލީ އާޒިމްގެ ތެރެއިން ޝާހިދުގެ ތާއީދު އަލީ އާޒިމަށް އޮތް ކަމަށް އަޑު ފެތުރިފައި ވަނިކޮށް، އެކަން ދޮގުކުރައްވައި ޝާހިދު އެކްސްގައި ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެތެރޭގެ އިންތިހާބެއްގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމަކީ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށެވެ. ޕްރައިމަރީން ޓިކެޓް ކާމިޔާބު ކުރައްވާ ހުރިހާ ބޭފުޅުންނާ އެކު ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕްރައިމަރީގައި ކުރީގެ ރައީސް ނަޝީދު ހުންނެވީ އަލީ އާޒިމާ އެކުގައެވެ. ކުރީގެ ރައީސް ސޯލިހު ތާއީދު ކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމަށެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 16 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.