ހުޅުމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 50 އަހަރުން މަތީގެ ދެމީހަކު ހައްޔަރު ކޮށްފި

ހުޅުމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 50 އަހަރުން މަތީގެ ދެމީހަކު ހައްޔަރު ކޮށްފި

Author
އައިޝަތު އަޙްމަދު
23 ޑިސެމްބަރ 2025 05:37
0

ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ބިއުރޯއަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މ. މުލި، ނަސީމީގެ މުޙައްމަދު ވަޙީދު، 52 އާއި ސ. ފޭދޫ، މުށިކުލާގެ އާމިނަތު އިބްރާހީމް، 57 އެވެ.

އިންޓެލިޖެންސް ބިއުރޯއާއި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި ކަމާގުޅުންހުރި އެހެނިހެން ބަހާތައް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެ އެޕާޓްމަންޓުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. ވަގުތީ ބަރުދަނުގައި 32.6 ގުރާމް އޮންނަ މި ތަކެތީގެ ބަރުދަން ޓެސްޓު ނަތީޖާ އިންތިޒާރުގައި ހުރިއިރު، ކޯޓުން މި ދެމީހުންގެ ބަންދަށް ފަސް ދުވަހު އިތުރުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.