ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ބައްދަލުކުރައްވައިފިއެވެ. އަބްދުﷲ ޝާހިދުގެ ގެކޮޅު ހ. ރަބީއުގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ދެމެދު މަޝްވަރާކުރެއްވި ކަންކަމުގެ ތަފްސީލު ހާމަކުރައްވާފައެއް ނުވެއެވެ.
މި ބައްދަލުކުރެއްވުން ހިނގީ އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ކެމްޕޭން ހަލަބޮލި ވެފައިވާ ދަނޑިވަޅެއްގައެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ނަޝީދާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިއީ އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ވާދަވެރިކަން އަލުން ފެންމަތިވެފައިވާ ދަނޑިވަޅެއްގައި ރައީސް ޝާހިދާއި ރައީސް ނަޝީދު ބައްދަލުކުރައްވާފައިވުމެވެ. ރައީސް ޝާހިދު މި ވާދަވެރިކަމުގައި ވަކި ފަރާތަކަށް ތާއީދުކުރައްވާ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ