މަސްތުވާތަކެތީގެ ވިޔަފާރި ހިންގާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 377 ގްރާމްގެ މަސްތުވާތަކެތި ހިފަހައްޓައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް، ތިން ދިވެއްސަކާއި ނޭޕާލް ރައްޔިތެއް ހައްޔަރުކޮށްފައިވެއެވެ.
ހައްޔަރުކުރީ ހަސަން އަނަސް، 22، މާލެ އާއި މޫސާ ޝަހީމް، 22، ފުވައްމުލައް އަދި ހުސައިން ޝަރުވާން، 25، ގޮއިދޫ އާއި ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި، 21 އެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަސަން އަނަސްއަށް 15 ދުވަހުގެ ބަންދު މުއްދަތެއް ދީފައިވާއިރު، މޫސާ ޝަހީމް އާއި ހުސައިން ޝަރުވާންއަށް 5 ދުވަހުގެ ބަންދު މުއްދަތެއް ދީފައިވެއެވެ. ނިޝާ ރާއީއަށް ކޯޓަށް ތިން ފަހަރު ހާޒިރުކުރުމަށްފަހު 5 ދުވަހުގެ ބަންދު މުއްދަތެއް ދީފައިވެއެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދެއެވެ.
ކޮމެންޓު ފޮނުވާ