ނޭޕާލުގެ ޒުވާން އަންހެއް ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި މާލެއިން ހައްޔަރުކޮށްފި

ނޭޕާލުގެ ޒުވާން އަންހެއް ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި މާލެއިން ހައްޔަރުކޮށްފި

Author
އަހުމަދު
21 ޑިސެމްބަރ 2025 10:27
0

މާލޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ނޭޕާލުގެ ޒުވާން އަންހެއް ފުލުހުން ހައްޔަރުކޮށްފި އެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 21 އަހަރުގެ ނިޝާ ރާއީ އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓްގައި ޑްރަގް ޓްރެފިކިންގެ މިންގަނޑަށް ފެތޭ މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ކޯޓުގައި ހާމަކޮށްފައިވެ އެވެ. އެ މަސްތުވާތަކެތި ހުރީ ހާމައަށް ކަމަށާއި އޭގެ އިތުރުން މަސްތުވާތަކެތި ކިރައި ބަންދުކުރަން ބޭނުންކުރާ ސާމާނު ވެސް އެ ތަނުގައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ނިޝާގެ ކުޑަކަމުދާ ޓެސްޓް ކުރިއިރު ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. އޭނާ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނުމުން އެކަމަށް ރިއާޔަތްކޮށް ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.