ވެމްކޯއަށް ފާއިތުވި އަހަރު 138 މިލިއަނަށް ރުފިޔާގެ ބޮޑު ގެއްލުމެއް

ވެމްކޯއަށް ފާއިތުވި އަހަރު 138 މިލިއަނަށް ރުފިޔާގެ ބޮޑު ގެއްލުމެއް

Author
އަހުމަދު
21 ޑިސެމްބަރ 2025 09:23
0

މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރާ ވެމްކޯއަށް މިދިޔަ އަހަރު 138 މިލިއަން ރުފިޔާގެ ގެއްލުންވެއްޖެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 126 ޕަސެންޓް ބޮޑު ގެއްލުމެކެވެ.

ޕީސީބީން އާންމުކޮށްފައިވާ ހިސާބުތަކުން ހާމަވާ ގޮތުގައި މިދިޔަ އަހަރުގެ ހަތަރު ކުއާޓާގައި ވެސް އެ ކުންފުންޏަށް ގެއްލުންވެފައިވާއިރު، ފަހު ކުއާޓާގައި 55 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައިވެއެވެ. ހިންގުމުގެ ހަރަދު އިތުރުވުމަކީ ގެއްލުން އިތުރުވި އެންމެ ބޮޑު ސަބަބެވެ. ވެމްކޯގައި ގާތްގަނޑަކަށް 2،000 މުވައްޒަފުން މަސައްކަތް ކުރެއެވެ.

2009 ގައި އުފެއްދި ވެމްކޯއިން 2016 ން ފެށިގެން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ހުރިހާ މަސައްކަތެއް ކުރަމުން އަންނައިރު، މިދިޔަ އަހަރު 467 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.

ވެމްކޯއަށް 2023 ގައި 61 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާއިރު، 2022 ގައި 93 މިލިއަންގެ ގެއްލުންވެފައިވެއެވެ. ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް މިހާރު ހިނގަމުން އަންނަނީ ގެއްލުމުގައި ކަމަށާއި، މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނިތަކުގެ ގެއްލުން 200 މިލިއަން ރުފިޔާ ވަނީ ފަހަނައަޅައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.