ޕީއެމްއެފްގެ ޕްލެޓްފޯމުގައި ޒަރިޔަންދު މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ

ޕީއެމްއެފްގެ ޕްލެޓްފޯމުގައި ޒަރިޔަންދު މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ

Author
އަހުމަދު
17 ޑިސެމްބަރ 2025 10:24
1

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނީ ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ކަމަށް އެ ޕާޓީން މިއަދު އިއުލާނުކޮށްފިއެވެ.

އާޓިފިޝަލް ބީޗުގައި ކުރިއަށްދިޔަ "ރީސެޓް" ޖަލްސާގައި މި އިއުލާން ކުރެއްވީ ޒަރިޔަންދުއެވެ. ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ މާލޭ މޭޔަރު ކަމަށް ވާދަކުރުމަށް ނިންމެވީ ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވި ހިތްވަރުން ކަމަށެވެ. މީގެ ކުރިން އެއްވެސް ސިޔާސީ ލީޑަރަކު އެފަދަ އެދުމެއް އެދިފައިނުވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޒަރިޔަންދުއަކީ 20 އަހަރަށްވުރެ ގިނަ ދުވަހު އޮޑިޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ އަދި ފިނޭންސް މިނިސްޓްރީއާއި ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާއަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލުކީޕަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.