މަސްވެރިކަމުގެ ތެރެއަށް ސިޔާސީ އޮއިވަރު ވައްދަން އުޅޭ ފަރާތްތަކަށް ޖާގަ ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ގޮވާލައްވައިފިއެވެ. ރ. ދުވާފަރުގައި ކުރިއަށްދާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމަކީ ގައުމީ މަސައްކަތެއް ކަމަށާއި މިކަން ކުރަނީ މަސްވެރިންގެ ދިރިއުޅުމާއި ރަށުގެ ތަރައްގީއަށް ކަމަށެވެ.
ރައީސް ފާހަގަކުރެއްވީ ގައުމީ ވިސްނުމާ ދެކޮޅަށް މަސްވެރިކަމުގެ ތެރޭގައި ސިޔާސީ އޮއިވަރު ވައްދައިގެން ކަންކަން ކުރަން އުޅުމުން ގައުމަށާއި ސިނާއަތަށް ފައިދާއެއް ނުވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރާ މަސައްކަތް ދެފުށް ފެންނަގޮތަށް ފެންނަމުންދާ ކަމަށާއި އެންމެންގެ އެއްބާރުލުމާއެކު މަސައްކަތް ކުރިއަށް ގެންދިއުމުން ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވައުދުތައް ފުރިހަމަވެގެންދާނެ ކަމަށެވެ.
ރައީސް ބުނެފައިވަނީ ތެލާއި އައިސް އަދި ސަރުކާރުގެ ފަރާތުން މަސްގަތުމާ ގުޅޭ ވައުދުތައް ވަރަށް ގާތުން ފުރިހަމަވެގެންދާނެ ކަމަށެވެ. އެމަނިކުފާނު ވަނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން މި ލަނޑުދަނޑިތައް ހާސިލްވެގެންދާނެ ކަމަށާއި އެނޫން ސިޔާސަތެއް ސަރުކާރުގެ ތެރޭގައި ނެތް ކަމަށް ވިދާޅުވެފައެވެ. ރައީސް ގޮވާލެއްވީ ސިޔާސީ ފަރާތްތަކުގެ އެކިކަހަލަ އޮއިވަރުގައި ނުޖެހި، އިގްތިސާދާއި ސިނާއަތް ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ.
މަސްވެރިކަން ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ