މާދަމާ ހެނދުނު ހައެއް ޖަހަންދެން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގައި މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުން އެކަށީގެންވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓުން ބުނީ މި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި ގުގުރާ ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. ނަމަވެސް އުތުރުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް މެޓުން ބުނެއެވެ.
އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު، އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާނެ ކަމަށްވެސް މެޓުން ލަފާކޮށްފިއެވެ.
އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއިރު، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓުން ބުނެއެވެ. މެޓުން ވަނީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ