ސ. ހިތަދޫ އާޔާވިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެގެ އެއްކޮށް އަނދައި، އެގޭގައި ދިރިއުޅުނު 7 މީހުން ހާލުގައި ޖެހިއްޖެއެވެ.
އެންޑީއެމްއޭ އިން ބުނީ އެ ހާދިސާގެ ސަބަބުން ގެއަށް ބޮޑެތި ގެއްލުންތައް ލިބި، ދިރިނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އެ އިދާރާއިން ދަނީ ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެންޑީއެމްއޭ އިން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ގޭގެ ހިފާ ގެންގުޅޭ ސާމާނުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އެ ގޭގައި ތުއްތު ކުއްޖެއް ވެސް ދިރިއުޅެމުން ދިޔަ ކަމަށް ފޮޓޯތަކުން ދައްކައެވެ.
މި ހާދިސާ ހިނގި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ