2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު މާލެ، ފުވައްމުލައް އަދި އައްޑޫގެ ބައެއް ދާއިރާތަކަށް އެ ޕާޓީން އަލުން ހުޅުވާލައިފިއެވެ.
އެމްޑީޕީން ހާމަކުރި ގޮތުގައި މި ދާއިރާތައް އަލުން ހުޅުވާލީ ކުރިން ފުރުސަތު ހުޅުވާލި ފަހުން އެ ދާއިރާތަކަށް ބަދަލު އައިސްފައިވާތީއެވެ. މީގެ ތެރޭގައި އައްޑޫ ހުޅުދޫ އާއި މީދޫ ރަށު ކައުންސިލަށް ބަދަލުވެފައިވާތީ އެ ދެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވެސް ކުރިމަތިލެވޭނެއެވެ.
މި ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް 4 ގައެވެ.
ކޮމެންޓު ފޮނުވާ