ބޮކްސާ ތެރޭ 11 ޕެކެޓް މަސްތުވާތަކެއްޗާ އެކު ޒުވާނަކު ހައްޔަރަށް

ބޮކްސާ ތެރޭ 11 ޕެކެޓް މަސްތުވާތަކެއްޗާ އެކު ޒުވާނަކު ހައްޔަރަށް

Author
އަހުމަދު
11 ޑިސެމްބަރ 2025 11:01
0

މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރި ކަމުގެ ތުހުމަތުގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ ޒުވާނާގެ ހަށިގަނޑާއި ބޮކްސާ ދޭތެރެއިން 11 ރަބަރު ޕެކެޓް މަސްތުވާތަކެތި ފެނިފައިވާ އިރު، އެއީ އަމިއްލަ ބޭނުމަށް ގަނެފައިވާ ތަކެތި ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ އިރު، ކުށުގެ ރެކޯޑް ވެސް އެބައޮތެވެ.

ބޮކްސާ ތެރޭ މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ވެސް މި ގޮތަށް ޑްރަގް އެތެރެކުރި 50 އަހަރުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.