ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން ލަންކާއަށް 135،700 ރުފިޔާ ހަދިޔާކޮށްފި

ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން ލަންކާއަށް 135،700 ރުފިޔާ ހަދިޔާކޮށްފި

Author
އަހުމަދު
11 ޑިސެމްބަރ 2025 06:42
0

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބިގެންދިޔަ ބޮޑެތި ގެއްލުންތަކާ ގުޅިގެން، ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން 135،700 ރުފިޔާ އެގައުމަށް ހަދިޔާކޮށްފި އެވެ. އެ ފައިސާ ވަނީ ރާއްޖޭގައި ހުންނަ ސްރީލަންކާ ހައިކޮމިޝަނާ ހަވާލުކޮށްފަ އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "ސިލޯން ޓުޑޭ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތޫފާނުގައި ލަންކާއަށް އެހީގެ ގޮތުގައި މިހާތަނަށް 6.5 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބިފައިވާއިރު، އެގައުމަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެއިން ކަން އެނޫސްތަކުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ރާއްޖެއިން ލަންކާއަށް 2.4 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވެ އެވެ.

މި އެހީގެ ތެރޭގައި ދިވެހި ސަރުކާރުން ދިން 50،000 ޑޮލަރާއި، ޕީއެސްއެމް އިސްނަގައިގެން ގިނަ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ހިމެނެ އެވެ. އަމިއްލަ ވިޔަފާރިތަކުން ވެސް ބޮޑު އެހީއެއް ދީފައިވާއިރު، ފައިސާގެ އިތުރުން 25،000 މަސްދަޅު ކޭސް ވެސް ރާއްޖެއިން ލަންކާއަށް ހަދިޔާކޮށްފައިވެ އެވެ. ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން ސްރީލަންކާގައި މަރުވި މީހުންގެ އަދަދު 600 އަށް ވުރެ މައްޗަށް އަރައިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.