9 އަތޮޅުގެ މަސްވެރިން ބައިވެރިވާ މަސްވެރިންގެ ދުވަހުގެ ފޯރަމް ދުވާފަރުގައި ފަށައިފި

9 އަތޮޅުގެ މަސްވެރިން ބައިވެރިވާ މަސްވެރިންގެ ދުވަހުގެ ފޯރަމް ދުވާފަރުގައި ފަށައިފި

Author
އަހުމަދު
10 ޑިސެމްބަރ 2025 12:04
0

ރ. ދުވާފަރުގައި މިއަދު މަސްވެރިންގެ ދުވަހުގެ ފޯރަމް ފަށައިފިއެވެ. މި ފޯރަމް މާދަމާ ނިމޭއިރު، ޖުމްލަ 9 އަތޮޅަކުން 47 މަސްވެރިންނާއި 4 މަސް ޕްރޮސެސްކުރާ ކުންފުނި ބައިވެރިވެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެ ވުޒާރާގެ އިސްބޭފުޅުންނާއި އެކު މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވައެވެ. މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި ސިނާއަތާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަކީ މި ފޯރަމްގެ އެއް ބޭނުމެކެވެ.

މި ފޯރަމްގައި މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށާއި މަސްވެރިކަން ކުރިއެރުވުމުގެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.