ޝާހިދު އދ. ގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

ޝާހިދު އދ. ގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

Author
އަހުމަދު
06 ޑިސެމްބަރ 2025 08:21
0

އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭޒްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ޝާހިދުގެ ރިޔާސަތުގެ ދަށުން އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ކުރިއަށްދިޔަ އިރު އެކުގައި ކުރެއްވި މަސައްކަތްޕުޅުތަކާއި، އެ މަސައްކަތްޕުޅުތައް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ބައިނަލްއަޤްވާމީ ސުލްހައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނުން ނެރުނު "ފޯ އަވާ ފިއުޗާ" ރިޕޯޓާ ބެހޭ މައުލޫމާތުވެސް ޝާހިދު ގުޓިރޭޒްއާ ހިއްސާކުރެއްވި އެވެ.

އދ. ގެ މެމްބަރު 70 ޤައުމާއި އދގެ ބައެއް ޖަމިއްޔާތަކުން ބައިވެރިވި ރަސްމިއްޔާތެއްގައި ޝާހިދު ވަނީ މި ރިޕޯޓާ ގުޅޭގޮތުން ކީނޯޓް ސްޕީޗެއް ދެއްވާފަ އެވެ. އެ ރަސްމިއްޔާތުގައި ޝާހިދު ވަނީ ޒަމާނީ މައްސަލަތަކަށް ހައްލު ހޯދުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. މިއަދު ނިންމާ ނިންމުންތަކުގެ ނަތީޖާ ތަހައްމަލުކުރަން ޖެހޭނީ މިއަދުގެ ޒުވާނުން ކަމަށް ފާހަގަކުރައްވަމުން، ޒުވާނުން ކުރިއެރުވުމަށާއި އދގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުމަށް ޝާހިދު ފެއްޓެވި މަސައްކަތްޕުޅު، އދ ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވި އެހެން ބޭފުޅުންވެސް ކުރިއަށް ގެންދަވާކަން ފާހަގަކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.