އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމައި، އެ އިންތިޚާބުގެ ތައްޔާރީތައް ފަށައިފިއެވެ.
މި އިންތިޚާބުގައި 226 ދާއިރާއަކުން މެންބަރުން އިންތިޚާބުކުރެވޭއިރު، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރާނެ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް މިހާރު ވަނީ އިޢުލާނުކޮށްފައެވެ. އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން my.elections.gov ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މީގެ އިތުރުން އިންތިޚާބުގެ މަސައްކަތްތަކަށް އެހީތެރިވާނެ މުވައްޒަފުން ހޯދުމަށްވެސް ކޮމިޝަނުން ވަނީ އިޢުލާނުކޮށްފައެވެ. ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އައި.ޓީ، ފައިނޭންސް އަދި ލީގަލް ދާއިރާތަކުން މީހުން ބޭނުންވާއިރު، ޝައުޤުވެރިވާ ފަރާތްތަކުން ކޮމިޝަނުގެ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
ކޮމެންޓު ފޮނުވާ