ގއ.މާމެންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ގއ.މާމެންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
04 ޑިސެމްބަރ 2025 03:22
1

މާލެއިން ފުރި ބޯޓެއްގައި ގއ.މާމެންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެރަށު ޓިވެގާލައިޓް، ނާޝިދު އިބްރާހީމް (53އ) އެވެ. ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނުގައި އޭނާ ދަތުރުކުރި ބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 50 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

ކޯޓުން ވަނީ އޭނާ 8 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.