ވިލިމާލެ ކައުންސިލަރު ނަހުލާ އެގްރީމެންޓްތަކެއް ވީދާލި މައްސަލަ ފުލުހަށް

ވިލިމާލެ ކައުންސިލަރު ނަހުލާ އެގްރީމެންޓްތަކެއް ވީދާލި މައްސަލަ ފުލުހަށް

Author
އަހުމަދު
03 ޑިސެމްބަރ 2025 07:36
0

މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ، ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކެއްގެ އެގްރީމެންޓް ވީދާލި މައްސަލަ ފުލުހުންނާއި އެލްޖީއޭއަށް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ކައުންސިލް ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކައުންސިލްގެ ރަސްމީ ލިޔެކިޔުމެއް ވީދާލުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެ މަންޒަރު ދައްކައިދޭ ވީޑިއޯ ފުޓޭޖް ތަހުގީގީ އިދާރާތަކަށް ފޮނުވާފައިވާނެ ކަމަށެވެ.

ނަހުލާ ވަނީ އެ ލިޔުންތައް ވީދާލިކަމަށް އެއްބަސްވެފައެވެ. އޭނާ ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ މޭޔަރުކަމުގައި މެރީ ޖޫގޯ ކުންފުންޏާއެކު ވެފައިވާ އެގްރީމެންޓެއް ބެކް ޑޭޓްކޮށް، އޮޅުވާލައިގެން އެ ކުންފުންޏަށް ބިން ހަވާލުކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ތާރީޚު އޮޅުވާލައިގެން ހަދާފައިވާ ލިޔުމެއް ކައުންސިލްގައި އޮވެގެން ނުވާނެތީ އެ އެގްރީމެންޓް ވީދާލީ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.