ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި ފެށިއްޖެ، ދިވެހި ކުޅުންތެރިން މެޑަލް ހޯދުމުގެ އުންމީދުގައި

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި ފެށިއްޖެ، ދިވެހި ކުޅުންތެރިން މެޑަލް ހޯދުމުގެ އުންމީދުގައި

Author
އަހުމަދު
03 ޑިސެމްބަރ 2025 10:16
0

ހަތް ވަނަ ކެރަމް ވޯލްޑް ކަޕް ރޭ ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ތަލާލް އާއި ބައިނަލްއަގްވާމީ ކެރަމް ފެޑެރޭޝަންގެ ރައީސް ޖޯސެފް މެޔާރސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދެވަނަ ފަހަރަށް ރާއްޖެއިން ހޮސްޓް ކުރާ މި މުބާރާތުގައި 17 ގައުމަކުން 150 އެތުލީޓުން ވާދަކުރެއެވެ. ރާއްޖެއިން މީގެ ކުރިން މި މުބާރާތް ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ 8 ކުޅުންތެރިން ވާދަކުރެއެވެ.

އަންހެން ޑަބަލްސް އިވެންޓުގައި އައިޝަތު ނަހުފާ އާއި އައިޝަތު ފައިނާޒްގެ ޕެއާ ވަނީ ލޯ މެޑަލް މެޗަށް ދަތުރުކޮށްފައެވެ. ސެމީގައި އިންޑިއާ އަތުން ބަލިވި ނަމަވެސް މެޑަލެއް ހޯދުމުގެ ފުރުސަތު އެ ދެ ކުޅުންތެރިންނަށް އެބައޮތެވެ. ފިރިހެން ޑަބަލްސްގައި އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް ކުއާޓާއިން ކެޓީ އިންޑިއާ އަތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.