ދެކުނު އޭޝިއާއަށް އެރި ބާރުގަދަ ތޫފާން 'ދީތްވާ' އިންޑިއާގެ ޓަމިލް ނާޑޫއަށް އެރުމާ ގުޅިގެން އެ ސަރަހައްދުގެ ބައެއް ސްކޫލްތައް ބަންދުކޮށްފި އެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ޓަމިލް ނާޑޫއަށް ރީނދޫ އަދި އޮރެންޖު އެލާޓް ނެރެ، ޗެންނާއީ، ކުޑަލޯރު، ކަންޗީޕޫރަމް އަދި ތަންޖަވޫރު ފަދަ ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރު ދީފަ އެވެ. ތޫފާނާ ގުޅިގެން މަދޫރާއީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ އިރު، ވިއްސާރައާ ގުޅުން ހުރި ހާދިސާތަކުގައި އިންޑިއާއިން ހަތަރު މީހުން މަރުވެފައިވެ އެވެ.
އިންޑިއާއަށް އެރުމުގެ ކުރިން މި ތޫފާން ސްރީ ލަންކާއަށް އެރައި ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ. އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ ފެންބޮޑުވުމާއި ބިންގަނޑު ކެނޑައިގެން ދިއުމުގެ ހާދިސާތަކުގައި 450 މީހުން މަރުވެ، 1.4 މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ