ސްޓެލްކޯއިން އިއްޔެ ބޭއްވި އަހަރީ އާންމު ޖަލްސާގައި 2024 ވަނަ އަހަރުގެ ކާމިޔާބީތަކާއި ކުރިއަށް ރޭވިފައިވާ މަޝްރޫއުތައް ހިއްސާދާރުންނާ ހިއްސާކޮށްފިއެވެ.
ކުންފުނީގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ފާހަގަކުރެވުނީ ގުޅީފަޅުގައި 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެއެއް ގާއިމުކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް އެޅުމަށް ޗައިނާގެ ޓީބީއީއޭ ގްރޫޕާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާކަން ވެސް އިއުލާނުކުރިއެވެ.
ކަސްޓަމަރުންނަށް ޚިދުމަތް ދިނުން ހަރުދަނާކުރުމަށް 1545 ހޮޓްލައިން ތައާރަފުކޮށް، ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމުގެ ދިރާސާ މަޝްރޫއެއް ވެސް މިދިޔަ އަހަރު ފެށިފައިވާކަން ޖަލްސާގައި ހާމަކުރިއެވެ.
ކޮމެންޓު ފޮނުވާ