ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކާއެކު، އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕެޓިޝަން ހުށައެޅޭ ގޮތަށް މިއަދު ފާސްކޮށްފިއެވެ. މި އިސްލާހު ފާސްވީ 57 މެންބަރުންގެ ތާއީދާއެކުގައެވެ.
މި ބަދަލާއެކު ކަރުދާސް ޕެޓިޝަނާއި އީ-ޕެޓިޝަން ހުށައެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޕެޓިޝަން ބަލައިގަންނާނީ ދިވެހިބަހުން ލިޔެ، މަދުވެގެން 500 މީހުންގެ ސޮއި ހަމަވާނަމައެވެ. ކަރުދާސް ޕެޓިޝަނެއްނަމަ ކޮންމެ ގަނޑެއްގައި ހުށައަޅާ ފަރާތުގެ ސޮއި އޮންނަންޖެހޭނެއެވެ.
އީ-ޕެޓިޝަން ޕޯޓަލް އިފްތިތާޙުކޮށް، މި އިސްލާހަށް ޢަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުން ފެށިގެންނެވެ.
ކޮމެންޓު ފޮނުވާ